އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
މަހުލޫފްގެ މައްސަލައިގައި "އައްޑޫލައިވް"އިން ކުރި ސުވާލަކަށް ޖަވާބު ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން އަންނަކަމަށެވެ.
އަދި އަންނަ ހަފްތާ ނިމެންވާއިރަށް އެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ.
މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.
އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.
އެ މައްސަލައިގައި މަހުލޫފް ބުނެފައިވަނީ އޭނާއާ ދެކޮޅަށް ހެކި ހޯދާފައިވަނީ ޤާނޫނާހިލާފަށް ކަމަށާއި، މައްސަލައިަގއި ޕީޖީން އަވަހަށް ގޮތެއް ނިންމައިދިނުމަށް އެދޭކަމަށެވެ.