ހުކުރު ދުވަހުގެ ކުރިން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އަލުން ފެށުމައް ތައްޔާރުވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ޖަމާއަތުގައި ނަމާދުކުރުން ބުދަ ނުވަތަ ބްރާސްފަތި ދުވަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެގޮތަށް ޖަމާއަތުގައި ނަމާދުކުރުން ފެށިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަމަށާއ، އެގޮތުން ނަމާދުކުރާއިރު ޖަމާއަތްހަދާނީ ގައިދުރުކޮށްގެން ކަމަށް ބުނެފައިވެއެވެ.
މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެގޮތުގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އަޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިއިރު، މިހާރު ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވާއިރު ސީރިއަސް ވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ