Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

މަސާޖު ޕާލާއިން ހައްޔަރު ކުރި މީހުންގެ ތެރޭ ހުޅުދޫ މީހަކު ހިމެނިއްޖެ

ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސާޖް ޕާލާއެއް ރެއިޑްކޮށް ބަރަހަނާކޮސް ތިއްބައި އަތުލައިގަތް 5 މީހުންގެ ތެރޭ ސ.ހުޅުދޫ މީހަކު ހިމެނިއްޖެއެވެ.

މ. ކޮވާރިކް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހިނގާ ހާރބަލް ބިއުޓީ ސެލޫންއިން ހައްޔަރުކުރި ހުޅުދޫ މީހަކީ ފިނިވާގޭ ވަހީދުއެވެ. ވަހީދުވަނީ މީގެ ކުރިންވެސް މަސާޖު ޕާލާއަކުން "ރެޑް"ކޮށް ނަގާފައެވެ.

ރޭގެ އޮޕަރޭޝަނުގައި 5 ދިވެހިންގެ އިތުރުން ތައިލެންޑްގެ 3 އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ހާބަލް ބިއުޓީ ސެލޫނަކީ ކުރިންވެސް ހަށިވިއްކުމުގެ މައްސަލައެއްގައި ބަންދުކޮށްފައިވާ ތަނެކެވެ.