Last Updated: July 22, 12:00
Wednesday, July 22, 2026
ކުޅިވަރު

ނެދަލޭންޑްސްގެ ކޯޗުކަމުން ޑިބޮޔާ ވަކިވެއްޖެ

ނެދަލޭންޑްސްގެ ކޯޗުކަމުން ފްރޭންކް ޑިބޮޔާ ވަކިވެއްޖެއެވެ.

ޑިބޮޔާ ނެދަލޭންޑްސްގެ ކޯޗުކަމުން ވަކިވެފައިމިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން ބަލިވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުން 51 އަހަރުގެ ޑިބޮޔާ ނެދަލޭންޑްސްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ އިދާރާ އިން ބުނީ މަގާމުގައި އިތުރަށް ހުންނަން ބޭނުން ނުވާކަން ޑިބޮޔާ އަންގާފައިވާ ކަމަށެވެ. އަދި ޑިބޮޔާއާއެކު ހެދި ކޮންޓްރެކްޓުގައި މުބާރާތުގެ ކުއާޓާފައިނަލަށް ޓީމު ގެންގޮސްދިނުމަށް ހިމަނާފައިވާނެ ކަމަށާއި އެހެންކަމުން ކޮންޓްރެކްޓް ވަގުތުން އުވާލާފައިވާ ކަމަށެވެ.

ނެދަލޭންޑްސްގެ ކޯޗުކަމުގައި ޑިބޮޔާ އަށް އަހަރެއްހާ ދުވަސް ވެސް ހޭދަކޮށްނުލެވުނުއިރު މީގެކުރިން އޭނާ ކޯޗުކޮށްދިން ބައެއް ކްލަބުތަކުގައި ވެސް ހޭދަކުރެވިފައިވަނީ މަދު ދުވަސްތަކެކެވެ. އެގޮތުން ކްރިސްޓަލް ޕެލެސްގެ ކޯޗުކަމުގައި އޭނާ އަށް ހުރެވުނީ 77 ދުވަހަށް ކަމަށްވާއިރު އިންޓަމިލާނުގައި އޭނާ އަށް ހުރެވުނީ 85 ދުވަހުގެ މުއްދަތަށްކަން ފާހަގަކޮށްލެވެއެވެ.

ހުނަރުވެރި ސްކޮޑެއް ނެދަލޭންޑްސްގައި އޮތްއިރު އެޓީމަށް ދެން ކުރިއަށް އޮތީ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ކޮލިފައިންގެ މެޗުތަކެވެ.