ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކުޅުދުއްފުށި ހޮސްޕިޓަލް މަލާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގ މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.