Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީގެ ނަން ހުށަހަޅައިފި

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީފުޅު އިއްވާފައެވެ.

ނިޔާޒީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ޑިސެމްބަރު 2011 ގައެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުގައި އޮތުމުން އޭނާ އެމަގާމުން އިސްތިއުފާދީފައިވާތިއެވެ.