Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

މަޖިލިސް ޖަލްސާތައް ތަޅުމުގައި ކުރިއަށް ގެންދަން ފަށަނީ

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމާ މެދު މަޝްވަރާ ކުރަމުން އަންނަކަމަށް މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ މަޖިލީހުގެ ޖަލްސާތައްވެސް ތަޅުމުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އަންނަ ހަފްތާއިން ފެށިގެން ޖަލްސާތައް ތަޅުމުގައި ކުރިއަށްގެންދިއުމަށް ހެލްތް މިނިސްޓަރާ އެކު މަޝްވަރާ ކުރައްވަމުން އަންނަކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައިވެސް ޖަލްސަތައް ކުރިއަށް ގެންދާނީ މީގެ ކުރިއެކޭ އެއްގޮތަށް ގައި ދުރުކޮށްގެން އަދި އެޗްޕިއޭގެ އިރުޝާދުތަކާ އެއްގޮތަށްކަމަށް އީވާ ވިދާޅުވިއެެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްގެންދަމުން އަންނަނީ އޮންލައިންކޮށެވެ.