ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ބާރުއަޅާ ބިރޭސީން ރާއްޖޭގައި ގިނަވަމުން އަންނަކަމަށެވެ.
ރިފުށި ބޭރުމީހުންގެ ބޮޑު ހާއްޔަކަށް ވެފައިވާކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ ނޭދެވޭ ހުރިހާކަމެއް ތިލަފުށީގައި ހިނގަމުން އަންނަކަމަށެވެ. އަލި އާޒިމް ވިދާޅުވީ ތިލަފުށީގައި އާދަޔާ ހިލާފަށް ބިދޭސީން ގިނަވެ ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. މީގެ އިތުރުން ތިލަފުށީގައި ބިދޭސީން ހަތިޔާރު ގެންގުޅުމަކީ ގާތްކަމެއްކަމަށާއި، އަދި ބޮން ގޮއްވަން ދަސްކޮށްދީ އެފަދަ ކަންކަން ރޭވުމުގެ ކަންކަން ކުރުމަކީވެސް އެކަށިގެންވާކަމެއްކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
"އެތަނުގައި [ތިލަފުށި] ހަތިޔާރު ގެންގުޅުމަކީ ގާތްކަމެއް، އެތަނުގައި ބޮން ގޮއްވުމުގެ ކަންކަން ރާވައި އެ ދަސްކޮށްދީ އެކަންކަން ކުރުމަކީ ވެސް ގާތްކަމެއް." އަލީ އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އަލީ އާޒިމް ވިދާޅުވީ ތިލަފުށި ސާފުކޮށްް އެތަން ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށެވެ. އެތަނުގައި އުޅޭ ބިދޭސީން ރާއްޖޭގެ ސަލާާމަތީ ބާރުތަކާ ކުރިމަތިލުން ވަރަށް ގާތް ކަމަށާއި، އެފަދަ ކަމަކަށް ދުރާތާ ތައްޔާރުވާންޖެހޭކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.