Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލް މަސައްކަތުގެ ބޮޑުބައި ނިންމާލައިފި

ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރިއަށްގެންދަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 71 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް، މޭސަނަރީ އަދި ރޫފިންގް މަސައްކަތްތައް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.