Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާގެ ވަނަވަރު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާގެ ވަނަވަރު އާންމު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، ނ. މަނަދޫ ނޫރީގެ، 27 އަހަރުގެ އަލި ހައިޝަމް ކަމަށެވެ. އޭނާގެ ބަންދަށް މިމަހުގެ 27 ވަނަ ދުވަހު އިތުރު 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދްގެ ބަންދަށް އިތުރު 30 ދުވަސް ޖޫން 22 ވަނަ ދުވަހު ކޯޓުން ދީފައިވާކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހްގެ ބަންދަށް ޖޫނ 20 ވަނަ ދުވަހު އިތުރު 15 ދުވަސް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.