Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ހިޔާލު ނުހޯދުމަށް ކޮމިޓީން ނިންމައިފި

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް

އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން އިދާރާތަކުގެ ލަފާ ނުހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކަވާފައިވާކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖެންޑާ ކޮމިޓީން މީގެ ކުރިން ނިންމާފައިވަނީ އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމް އާއި ހެލްތު މިނިސްޓްރީގެ ލަފާއެއް ހޯދުމަށެވެ.

އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާގައި ބުނެފައިވަނީ އަންހެނުން ހިތާނު ކުރުމަކީ ބައެއްގެ ލަފާ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ އެފްޖީއެމް ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދާ މިންވަރު ދެނެގަނެ، އެކަން ހުއްޓުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށެވެ. އެހެންކަމުން ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށް ދަންނަވާފައިވާކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށްފަހު ނިންމާފައިވަނީ އަންހެން ކުދިން ހިތާނުކުރުމާއި ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެލުމަަށެވެ.