Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫ ޕްރޮމޯޓު ކުރުމަށް ސްލޯގަންއެއް ހަދައިގެން އެއްލައްކަ ރުފިޔާގެ އިނާމެއް!

އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: މުޙައްމަދު ޝާފީ

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސްލޯގަންއެއް ހަދައިގެން އެއްލައްކަ ރުފިޔާގެ އިނާމު ލިބޭނެ ފުރުސަތެެއް ހުޅުވާލައިފިއެވެ.

ކްލަބް ހައުސްގެ "ވޮއިސް އޮފް އައްޑޫ" ގްރޫޕާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހުޅުވާލާފައިވާ މި ފުރުސަތުގައި ހުށަހެޅޭ އެންމެ ރަނގަޅު ސްލޯގަންއަކަށް އެެއް ލައްކަ ރުފިޔާގެ އަގު ހުރި އިނާމެއް މިހާރު ވަނީ ހުށަހެޅިފައެވެ. ސްލޯގަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

ސްލޮގަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން https://voiceofadducity.com މެދުވެރިކޮށް ސްލޯގަން ހެދުމާއި ގުޅޭ މައުލޫމާތު ލިބޭނެއެވެ.

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އައްޑޫ ކައުންސިލުން ކުރަމުންދާ މަސައްކަތަކަަށް އެއްބާރުލުން ދިނުމުގެ ގޮތުން ވޮއިސް އޮފް އައްޑޫ ގްރޫޕުން އަންނަނީ ކްލަބު ހައުސްގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ އެކްސްޕާޓުން ގެނެސް އާއްމުންނަށް މައުލޫމާތު ދެމުންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ދަނީ ހޯދަމުންނެވެ. އަދި މިގޮތުން ހޯދާ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލަށް ރަސްމީކޮށް ހުށަހަޅާނެކަމަށް ވޮއިސް އޮފް އައްޑޫ ގްރޫޕުން މައުލޫމާތު ދެއެވެ.

ދިވެހިންގެ ތެރޭގައި މިހާރު ގަދައަށް ވައިގަ ހިފާފައިވާ ކްލަބު ހައުސްގައި ކޮންމެ ރެއަކުވެސް އައްޑޫ އާއި ގުޅޭ މައުލޫމާތު ސެޝަނެއް ވޮއިސް އޮފް އައްޑޫގެ ފަރާތުން އަންނަނީ ބާއްވަމުންނެވެ.

ވޮއިސް އޮފް އައްޑޫ ކްލަބުހައުސް ލިންކު: https://www.clubhouse.com/club/voice-of-addu-city