Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފޭދޫން ފެން ހިއްކައިފި

ބޯކޮށް ވާރޭ ވެހި ފޭދޫގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެ ސަރަޙައްދުތަކުން އެމްއެންޑީއެފް ސަދަން އޭރިއާ އިން ފެން ހިއްކައިދީފި އެވެ.

އިއްޔެ ހެނދުނު 10:00 ހާއިރު ފެށިގެން ފެންބޮޑުވި ސަރަޙައްދުތަކުގައި ޕަމްޕް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާއިރު ފޭދޫގެ ބައެއް މަގުތަކާއި ގޭގޭގެ ގޯތިތެރެއާއި އޮޅުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކާ ނިންމާލެވުނީ މެންދުރު ފަހު 15:00 ހާއިރު އެވެ.

މި ވިއްސާރައިގައި ފޭދޫގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ އިތުރުން ގޭގޭގެ ގޯތިތެރެއާއި އޮޅުތަކުގައި ވަނީ ފެންބޮޑުވެ ބައެއް ގޭގޭގެ ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައެވެ.