Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްްޑީޕީ އޮތީ ރަނގަޅަށް ދެފަޅިޔަށް ބައިވެފަ: މަލީހް

އެމްްޑީޕީ އޮތީ ރަނގަޅަށް ދެފަޅިޔަށް ބައިވެފައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ މަޤާމު ތަކާއި ނުފޫޒުތައް ދަށުވެ އެމްޑީޕީގެ ރައީސް އިބޫގެ ފަޅިވެސް ކުޑަ ނޫން ކަމަށާއި އަދި ރައީސް ނަޝީދަށް ވަފާތެރި ބައެއް މެމްބަރުންވެސް އޮންބޯޑުކޮށްފި ކަމަށެވެ.

"އެމްްޑީޕީ އޮތީ ރަނގަޅަށް ދެފަޅިޔަށް ބައިވެފަ. ސަރުކާރުގެ މަޤާމު ތަކާއި ނުފޫޒުތައް ދަށުވެ އެމްޑީޕީގެ ރައީސް އިބޫގެ ފަޅިވެސް ކުޑަ ނޫން ކަމަށްވަނީ. ރައީސް ނަޝީދަށް ވަފާތެރި ބައެއް މެމްބަރުންވެސް އޮންބޯޑުކޮށްފި. ގްރާސް ރޫޓް އޮތީ ރ.ނަޝީދާއި އެކު. ބޮޑު ގޮންޖެހުމަކީ ޢާއިލީ ކޯޅުން." މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ކަމުން ވަކިވުމަށްފަހު މަލީހް ފެނިގެންދަނީ ސަރުކާރުގެ އެކި ކަންތައްތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.