Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ހިތަދޫ "މޯހިރި" ދޯނި ބިންދައިގެން ހިނގައްޖެ

ސ. ހިތަދޫގައި ދުއްވާ "މޯހިރި" ދޯނި މަހަށް ނިކުމެ އުޅެނިކޮށް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި 25 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ "މޯހިރި" ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ދޯންޏަށް އެހީތެރިވުމަށް އެމްއެންޑީއެެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ސިފައިންއަށް ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ބިންދައިގެން ގޮސްފައިވަނީ ގއ. އެތެރެވެރީގައި އެންދެމުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ދޯނި ބިންދައިގެން ދިއުމާއި ގުޅިގެން ދޯންޏަށް އެހީތެރިވުމަށް އެހެން ދޯނި ފަހަރުތަކަށް ސަރަހައްދަށް ގޮސްފައިވާ އިރު މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ތަފްސީލް އަންނަނީ