Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ހިތަދޫ ހޮސްޕިޓަލުން އުމުރުން ދުވަސްވީ މީހުން ކިއުގައި ނުޖެހި ހިދްމަތްދެނީ.

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކިއުގައި ނުޖެހި ހިދްމަތްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ކިއުގައި ނުޖެހި ހިދްމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭގެ އިތުރުން ފިޒިއޮތެރަޕީ އަދި ލެބޯޓަރީގެ ހިދުމަތް ކިއުގައި މަޑުކުރުމެއް ނެތި މިހާރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ހަފްސާ ވިދާޅުވީ މިފަރާތްތަކަށް ހިދްމަތް ދިނުމަށް ހަދައިދެނީ ވަކި މެމޯއެއް ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބޭސް ބޭނުންކުރާ ފަރާތްތައް ބޭސް ސިޓީ ހެއްދުމަށް ވަޑައިގަންނަވާއިރު، ”ބޭސް ހޯދާ” ކާޑާއި އައިޑީކާޑް ގެނައުމުން ހިލޭ ކޮންސަލްޓޭޝަން ހެދުމަށްފަހު ބޭސްސިޓީ ލިޔެދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިގޮތަށް ހިދްމަތްދޭން ފެށި އިރު މީގެ ކުރިން ހޮސްޕިޓަލުން ނަންބަރު ހޯދުމަށް ކިއުގައި އުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތިބޭ މަންޒަރު ވަރަށް ގިނައިފައިވެއެވެ.