Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ހަންޏާމީދޫ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ހަންޏާމީދޫ ބަނދަރު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުއަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫއެކެވެ.