ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ކަރަންޓީންވާނެ ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހޯދަން އިއުލާނުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވާކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 05 ޖުލައި 2021 ވާ ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދޭކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ [email protected] އަށް މެއިލް ކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.