Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ސަރުކާރުގެ ވައުދުތައް ދަނީ ފުއްދަމުން: ރޮޒައިނާ

މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން އަންނަކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވައުދުތައް ވެފައިވަނީ ފަސް އަހަރުގެ ތެރޭގައި ފުއްދުމަށްކަމަށާއި ރައީސް ސޯލިހް އެ ވައުދުތައް ފުއްދަވާނެކަމަށެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން އަންނަކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ އިންޓަނެޓްގެ އަގުވެސް ހެޔޮ ކޮށްފައިވާކަމަށާއި، އަދި ދެން ހުރި ވައުދުތައްވެސް ރައީސް ސޯލިހް ފުއްދަވާނެކަމަށެވެ.

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކޮށްފައިވާއިރު، ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) ހިމެނެއެވެ.