Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ފުލުހުންގެ ބައެއް އިސް މަގާމުތަކަށް ބަދަލުގެނެސްފި

ފުލުހުން -- ފޮޓޯ / ރައީސް އޮފީސް

ފުލުހުންގެ އިދާރާގެ ބައެއް އިސް މަގާމުތަކަށް ބަދަލުގެނެސްފިއެވެ.

ބަދަލު ގެނެސްފައިވަނީ ފުލުހުންގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށެވެ.

އެގޮތުން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީންއެވެ. އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް ވަނީ އަައްޔަނު ކޮށްފައެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.