Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އެމްޑަބްލިއުއެސްސީން ފެނާ ނަރުދަމާ އަޅާ ރަށްތަކަށް ސާމާނު ފޮނުވައިފި

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ (އެމްޑަބްލިއުއެސްސީ) އިން ފެނާ ނަރުދަމާ އަޅާ ރަށްތަކަށް ބޭނުންވާ ސާމާނު އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

އެގޮތުން އެމްޑަބްލިއުއެސްސީން މިއަދު ވަނީ ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ އަދި ހދ. ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށްރަށަށް ފޮނުވާފައެވެ.

މީގ އިތުރުން އެމްޑަބްލިއުއެސްސީން އިއްޔަވަނީ ޅ. އޮޅުވެލިފުށި، ބ. މާޅޮސް އަދި ބ. ކަމަދޫ ފެނާ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށްރަށަށް ފިނުވާފައެވެ.