Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

މަހުލޫފްގެ ތުހުމަތުގެ އިނގިލި މަޖިލީހުގެ އެމްޑީޕީ ބައެއް އިސް މެމްބަރުންނަށް

އާޒިމް އާއި މިނިސްޓަރު މަހުލޫފް - ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އޭނާއާ ދެކޮޅަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް އިސް މެމްބަރުން ފަހަތުގައި ތިބެ އޭނާއަށް ބޮނޑިއެއް ދޭން މަސައްކަތްކުރާތީ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި، މޫސާ އަންވަރުގެ ރޫމްގައި ބޭއްވި "ހޫނު ގޮނޑި" ޕްރޮގްރާމްގައި ކުރިމަތި ކުރި ސުވާލުތަކަށް މިހާރު މަގާމުން ސަސްޕެންޑް ކޮށްފައި ހުރި މަހުލޫފް ވަނީ ޖަވާބު ދީފައެވެ.

އެގޮތުން މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކޮމިޝަނުން ޖިނާއީ ދައުވާ ކުރި ހަމައެކަނި މީހާ އަށް ވީ އޭނާ ކަމަށާއި، އެކަމަކީ "ސީދާ އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން ބޮނޑިއެއް ދޭން ކުރި ކަމެއް" ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްދޭންއެދި ފޮނުވާފައި އޮތްނަމަވެސް މަގާމުްނ އިސްތިއުފާނުދީ ހުރީ މިކަމަކީ ސިޔާސީ ގޮތުން ބަޔަކު ޖެހި އެތިފަހަރަކަށް ވާތީ ކަމަށާއި، އަދި ސިޔާސީގޮތުން އޭނާގެ ގައިގައި ޖަހުމުން، އޭނާވެސް ސިޔާސީ ގޮތުން ޖަހާނެކަމަށެވެ.

މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބައެއް މީހުން މަސައްކަތް ފަށާފައިވަނީ ބައެއް ކުޅިވަރުތަކުގެ އިންތިހާބާއި ގުޅިގެންނެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ހޮނުވީ ކޮންމެސް މީހެއްގެ "ބޭބެތޯ ކޮއްކޮތޯ ނުވަތަ އެއީ އެމްޑީޕީ މީހެއްތޯ ޕީޕީއެމް މީހެއްތޯ" ނުބައްލަވާކަމަސް މަހުލޫފް ވިދާޅުވިއެވެ. އަދި އެކަމުގައި ހިތްހަމަ ނުޖެހި ވަކިކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މަޖިލީހުގެ ތެރެެއިން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ، މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.