އަވައްޓެރި ސްރީލަންކާގައި ކުޑަކުއްޖެއް ލައްވާ ހަށިވިއްކަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ މައްސަލައިގައި ދިވެހި ފިރިހެން މީހާއާއެކު ލަންކާގެ ތިން މީހަކުވެސް ހައްޔަރު ކޮށްފައިވާކަމަށެވެ.
އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވާތާ ތިން ވަރަކަށް މަސްވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ލަންކާ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަށިވިއްކުވުމުގެ މައްސަލައާ ގުޅިގެން 32 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ ވަނަވަރެއް އަދި އޭނާއަށް ކުރާ ތުހުމަތެއްވެސް ސާފެއް ނުވެއެެވެ.