Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ފުރަތަމަ 100 ދުވަހުގެ ތެރޭ އައްޑޫގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ އައްޑޫ އަދި މާލޭގެ ތަފާތު ސަރައްހަދުތަކުގައި ސިސީޓީވީ ކެމެރާ ހަރުކޮށް މިހާރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަކުގެ 80 އިން ސައްތަ ތަހްގީގު ކޮށްނިންމާ، އިތުރު ގިނަ ކަންތައް ތަކެއް ކުރުމަށް މަގު ޗާޓްގައި ހިމަނައިފިއެވެ.

ފުލުހުން މިއަދު ބުނީ މަގު ޗާޓް އަމަޒުކޮށްފައިވާނީ ރައްޔިތުންނަށް އަމާން މުޖުތަމައެއް ކަށަވަރުކޮށްދީ މުދަލާއި ވިޔަފާރިތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ބާރުތަކުގެ ޞިއްޙަތު ޔަޤީންކޮށް މަސްތުވާތަކެއްޗަށް ފުރުޞަތު ނުދިނުމަށް އަމާޒުވާގޮތަށް ކަމަށެވެ.

2014 ވަނައަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އަމާންކަމާ އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމާއި، ފުލުހުންގެ ޚިދުމަތް ކުރިޔަށް ގެންދަން ޢާއްމުން ބޭނުންވާގޮތްތައް ބެލުމަށް ޚާއްޞަ ސާވޭއެއް މިމުއްދަތުގައި ކުރަންވެސް ފުލުހުންގެ މަގުޗާޓުގައި ކަނޑައަޅާފައި ވެއެވެ. އަދި މަގުމަތީގެ ޙަރަކާތްތައް މޮނީޓަރކޮށް، ކުށްކުރާ ފަރާތްތައް ފަސޭހައިން ހޯދުމަށް އެހީތެރިކަން ހޯދުމުގެގޮތުން މާލޭ ސިޓީގައި ހުރި ކެމެރާތަކުގެ ޢަދަދު 150 ށް އިތުރުކޮށް އައްޑޫ ސިޓީ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގު ނުވަތަ ލިންކު ރޯޑުގެ 5 ސަރަޙައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ނަމަުގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތާއި ގުޅިގެން އައްޑޫގެ ކުށުގެ ވެށި ވަރަށް ބޮޑުތަން ރަނގަޅުވެފައިވެއެވެ.

އަދި ސިސީޓީވީ ކެމެރާތައް ލިންކ ރޯޑުގައި ހަރުކުރެވިއްޖެ ނަމަ ޓްރެފިކް މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.