Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އެމްޑީޕީ ހަރުގެ ޖަލްސާ މިރޭ

މޯލްޑީވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެ ޖަލްސާއެއް މިރޭ ކްލަބްހައުސްގައި ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން މައުލޫމާތު ދީފައިވާ ގޮތުގައި ކްލަބްހައުސްގައި ހަރުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނި މިރޭ 08:30 ގައެވެ.

މި ހަރުގެޖަލްސާގައި އެމްޑީޕީގެ ފަރާތުން މެމްބަރު އަލީ ނިޔާޒް، ޗެއާޕާސަން ހަސަން ލަތީފް އަދި ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ.

އެމްޑީޕީން ކްލަބްހައުސްގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް ވެސް މިފަހުން ބާއްވާފައިވެއެވެ. އެ ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވާއިރު، އެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.