Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އެލްޖީއޭގެ ބޯޑަށް 5 ފަރާތެއް، ނަންތައް ކޮމިޓީއަށް

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ-

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކަނޑައަޅަންޖެހޭ ތިން މެމްބަރުންގެ މަގާމަށް ހުށަހަޅާފައިވާ ފަސް ފަރާތެއްގެ ނަންތައް ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލހް މަޖިލީހަށް ފޮނުވާފައިވާ ސިޓީ އިއްވާފައިވެއެވެ. 

މަޖިލީހަށް ހުށަހަޅާފައިވާ ފަސް ނަމަކީ، އަޒްހާ ޒަމީރު މ.ލިލީޒް، އައިމިނަތު އަލީ ދަފްތަރު ނަންބަރު 2874، ފާތިމަތު ނިއުމާ ގ. ހިމަލިޔާގެ، ފާތިމަތު ޒީނާ އަލީ ހ.ރައިޒިން ސަން އަދި އައިޝަތު ޝީޒާ ޝާޒީބިން، ބ.ކެންދޫ އެވެ.

މި ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ.

ބޯޑުގައި މިހާރު މަދުވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ 3 ދާއިރާއަކުން ކަނޑައަޅަންޖެހޭ މެމްބަރުން ކަނޑައެޅުމެވެ. އެއީ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތެއްގެ އިތުރުން މަދަނީ ޖަމިއްޔާއެއްގެ މެންބަރެކެވެ.