Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އަލިފުށީ ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައިފި

ރ. އަލިފުށީގައި ގެއަކުނ ްވަގަށް ނަގާފައިވާ ފައިސާތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ، އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އަދި އެކަމާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އެ ފައިސާތައް ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19000 ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.