ލ. މާމެންދޫ ބަނދަރުގައި އޮތް ދޯއްޏެއްގައި މީހެއްގެ ކަރަށް ވަޅިހަރައި ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރި ހިނގާފައިވަނީ މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއްގެ ދެމެދުގައެވެ. އޭގެން އެކަކުގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވާއިރު އަނެކަކުގެ މޫނުމަތީގައި އެއްޗަކުން ޖަހާ ޒަހަމްކޮށްލާފައި ހުރިކަމަށްވެސް މައުލޫމާތުލިބެއެވެ.
ފުލުހުން ބުނެފައިވަނީ މާރާމާރިގެ މައުލުމާތު ފުލުހުންނަށް ލިބިފަިއވަނި މިއަދުގެ 06:42 ހާއިރު ކަމަށެވެ. އެމީހުންގެ ހާލު ސިރިއަސް ނޫންކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ދެމީހުންނަށްވެސް މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.