ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހެދުމަށް ނިންމާ އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދޭގޮތާއި ގުޅޭ ގޮތުން އެ މިނިސްޓްރީންދޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އޮޑިޓެއް ހެދުމަށް ބޭނުންވާކަމަށެވެ.
މިކަމަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފަހު ވަގުތަކީ ޖުލައި 14، 13:30 އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 11 ޖުލައި 13:30ގެ ކުރިން މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުމަށް އެދިފައިވެއެވެ.