Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކޮވިޑް-19: އިތުރު ލުއިތައް އިއުލާނު ކުރުން މިއަދު

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދީ އެކަން މިއަދު އިއުލާނު ކުރުމަށް ނިންމައިފިއެވެ.

އެގޮތުން އެކަންކަން އިއުލާނު ކުރުމަށް މިއަދު މެންދުރު 02:30 ގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އަދި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މީޑިއާއާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކޮވީޑް-19 އާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވެސް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މިހާރު މާލޭގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 08:00 އިން ފަތިހަށެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،585 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3148 ކަމަށްވާއިރު އޭގެތެރެއިން 25 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 71،212 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ.