Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ވެކްސިން ފުރިހަމަކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭގޮތް ހަދައިފި

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭގޮތް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިޒޯރޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރުޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި ރިސޯޓް މުވައްޒަފުންނަށް ރަށަށް ދެވޭގޮތަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ދެވޭނީ މޮނިޓަރިންގައި ނޯންނަ ރިސޯޓަކުން މޮނިޓަރިންގައި ނޯންނަ ރަށަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުމަށް ނިންމާ އެކަން މިއަދު އިއުލާނުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެންދުރު 02:30 ގައި ލުއި ތައް އިއުލާނު ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އަދި ޑރ. ނަޒްލާ ރަފީގް ޕްރެސްއާ ބައްދަލުކުރާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދިފައިވެއެވެ.