Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ވެއްޓުނު ރަޝިއާގެ ބޯޓުން ދަތުރުކުރި 9 މީހެއްގެ ހަށިގަނޑު ހޯދައިފި

Specialists of the Russian Emergencies Ministry are seen at the crash site of a Russian An-26 passenger plane near the village of Palana in the north of the Kamchatka peninsula, Russia July 7, 2021. Russia's Emergencies Ministry/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT.

އަންގާރަ ދުވަހު ވެއްޓުނު ރަޝިއާގެ މަތިންދާ ބޯޓުގައި ދަތުރު ކުރި 9 މީހެއްގެ ހަށިގަނޑު ހޯދައިފިއެވެ.

28 މީހުން ދަތުރު ކުރި މި ބޯޓުން މިހާތަނަށް ފެނިފައިވަނީ އެންމެ 9 މީހުންގެ ހަށިގަނޑެެވެ. ބޯޓު ވެއްޓުނު ވަގުތުން ފެށިގެން މީހުން ސަލާމަތްކުރާ ފަރާތްތަކުން މެދުނުކެނޑި ދަނީ ބޯޓު ވެއްޓުނު ސަރަހައްދު އެއްގަމާއި ކަނޑު ބަލާ ފާސްކުރަމުންނެވެ. އެހެން ނަމަވެސް އެ މީހުންގެ މަސައްކަތަށް ދުންފިނީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ދިރިހުއްޓާ މީހަކު ފެނުމުގެ މިހާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

"އެންޓޮނޯވް އެން-26 ޓްވިން އެންޖިންޑް ޓާބޯޕްރޮޕް" މި މަތިންދާ ބޯޓަކީ 1982 ވަނަ އަހަރުން ފެށިގެން ދަތުރުތަކުގައި ބޭނުންކުރަމުން އައިސްފައިވާ ބޯޓެކެވެ. އެ ބޯޓު ޕެޓްރޮޕެވްލޮސްކް-ކަމްޗަޓްސްކީ އިން ޕެލެނާ އަށް ދަތުރު ކުރަމުން ދަނިކޮށް އުތުރު ކަމްޗަޓްކާ ހިސާބުން އެއަރ ޓްރެފިކް ކޮންޓްރޯލްއާއި ގުޅުން ކެނޑި ބޯޓު ވީނުވީއެއް ނޭނގިފައިވާ ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީއިން ބުނެއެވެ.

މި ބޯޓުގައި 22 ޕެސެންޖަރުންނާއި 6 ކްރޫން ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު އުފަންވީ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ބޯޓު ހޯދުމުގެ މަސައްކަތަށް ސާޗް އެންޑް ރެސްކިއު ޓީމުން ނިކުމެ ބޯޓު ހޯދުމުގެ މަސައްކަތް ފެށި ކަމަށް ޓްރާންސްޕޯޓް ޕްރޮސެކިއުޓަރ އޮފީހުގެ ތަރުޖަމާނު ވެލެންޓީނާ ގްލެޒާވޯ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ބެލެވެނީ ބޯޓުގެ މުވާސަލާތީ ޚިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ރަންވޭ އަކަށް ނުޖެއްސުނީ ކަމަށެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޯޓާއި ގުޅުން ކެނޑިފައިވަނީ ޕެލަނާ އެއާޕޯޓާއި 9 ކިލޯމީޓަރުން ދުރުންކަމަށެވެ. އެއީ ބޯޑު ޖެއްސުމަށް ޝެޑިއުލް ކުރެވިފައި އޮތް ގަޑީގެ 10 މިނިޓް ކުރިންނެވެ.