ފޭދޫ ގައި ނަޝީދުގެ ސަރުކާރުން އިމާރާތް ކުރި 25 ފްލެޓް ނިންމިތާ ދެއަހަރަށް ގިނަ ދުވަސްވެ ވީރާނާވާ ދޫކޮށްލެވިފައި އޮތުމަށްފަހު އެތަނަށް އެދި ފޯމު ހަށަހެޅި މީހުންނަށް ބާއްވާ ގުރުލުން މިމަހުގެ 20 ވަނަ ދުވަހު ބާއްވާނެކަމަށް ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި 327 ފަރާތަކުން ވަނީ ކުރިމަތިލާފައިވާކަމަށެވެ. ނަމަވެސް މީގެ ތެރެއިން ޝަރުޠު ހަމަވެ ގުރުއަތަށް ހޮވިފައިވަނީ 315 ފަރާތެކެވެ.
ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރުލުން ބޭއްވުމަށް 2 ފަހަރެއްގެ މަތިން ވަނީ އިއްލާންކޮށްފައެވެ. ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޕޮއިންޓްދީފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިގެން ގުރުލުން ވަނީ ހުއްޓުވާފައެވެ.
ފޭދޫ ހައުސިން ޔުނިޓް ނިމިފައި ތިބޭތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެތަންތަން މީހުންނަށް ދިނުމަށް ކައުންސިލުން އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ފޭދޫ ދާއިރާގެ ކައުންސިލަރ މިރުޒާދަށް ވަރަށް ބޮޑަށް ފޭދޫ ރައްޔިތުން ފާޑު ކިޔާފައިވެއެވެ.
އަދި ފްލެޓްތަކުގެ ބައެއް ތަންތަނަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށް މީގެ ކުރިން ކައުންސިލުން ވަނީ ބުނެފައެވެ.