Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

އިންޑިއާ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް)އިން ބުނެފައިވަނީ އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުކަމަށެވެ.

އެ މަނަވަރު ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް "އެކްސް އެކަތަ 4" ނިންމުމުގައި ބައިވެރިވުމަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މި މަނަވަރު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުކަމަށވެެ.