Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

ނަފުރަތު ހުއްޓުވުމުގެ އިސްލާހު އެޖެންޑާކޮށް، މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މިއަދު މެންދުރު 02:00 އަށެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮށް ބެލުމަށް އެކުލަވާލި އިންކުއަރީ ރިޕޯޓް ފާސްކުރާނެއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި މިހާރު ހުރި ކަންކަމުގެ ތެރޭގައި، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްގްތެއް ނިންމުމަށް އެމައްސަލައާގުޅޭ ކޮމިޓީއަށް ފޮނުވުމާއި، އޮޑިޓަރ ޖެނެރަލް އައްޔަނު ކުރުމާ ގުޅޭ ރިޕޯޓް ހުށަހެޅުމާއި، ނަފުރަތުގެ އަމަލުގެ ކުށް ހިމެނުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން އިއްޔަ މެމްބަރުން ހަމަނުވުމުން ވޯޓަށް ނޭހުނު ތިން ބިލަށް ވެސް ވޯޓަސް އެހުމަށް އެޖެންޑާ ކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ދެވަނަ ދައުރު ދަންމާލުމަށް ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.