Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ދެ ޑޯޒް ޖަހާފައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަނީ

ކޮވިޑް ޓެސްޓްަ ކުރުމަށް ސާމަޕް ނަގަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގައި މިވަގު ތިބި މީހުން ދޫކޮށްލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެގޮތައް ހަމަޖެއްސީ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ދަތުރުކުރާއިރު މިއަދުން ފެށިގެން ކަރަންޓީނުވާން ނުޖެހޭނެ ގޮތައް ހަމަ ޖެއްސާފައިވާތީ އެވެ. މިގޮތައް ހަމަ ޖެއްސިއިރު ވެކްސިން ޖަހަން ނުޖެހޭ އުމުރުގެ ކުދިންގެ ތެރެއިން މި ވަގުތު ކަރަންޓީނުގައި ތިބި ކުދިންވެސް ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފައިއެވެ.

" ވެކްސިންގެ 2 ޑޯޒް ހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅިގެން
މިހާރު ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކާއި މި ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައިތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ
ކުޑަކުދިންވެސް ޕީ.ސީ.އާރ ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެއެވެ." އެޗްޕީއޭގެ އިއުލާންގައިވެ އެވެ.

އަދި ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީ.ސީ.އާރ ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމުގައި ދަންނަވަމެވެ. އެކަމު މިގޮތައް ލުއި ލިބޭނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮވިޑް-19 އިމަރޖެންސީ ޔޫސް
ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.