Last Updated: June 30, 10:48
Tuesday, June 30, 2026
ސިޔާސީ

އެމްއާރްއެމް އުވާލައިފި!

މާލެ: އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރުގެ "ރިފޯމް މޫވްމަންޓް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި މާޗް 22، 2011ގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރުމަށްފަހު، ޑރ. މުނައްވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ ފޮޓޯ: ހަވީރު

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އެޕާޓީގެ ކޮންގްރެސްއިން ދާދި ދެންމެއަކު ނިންމައިފިއެވެ.

މައުމޫނު ސަރުކާރުގެ އެޓާނީ ޖެނެރަލްކަން ކުރެއްވާ، އެމްޑީޕީގެ ރައިސްކަން ވެސް ކުރެއްވި ޑރ. މުހައްމަދު މުނައްވަރު އުފެއްދި އެމްއާރްއެމް އުވާލީ ކޮން ސަބަބަކާއި ހުރެކަން އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.

އެމްއާރްއެމް އުފެއްދުމަށްފަހު އެޕާޓީގެ ފުރަތަމަ އާއްމު ޖަލްސާގައި މުނައްވަރު ވިދާޅުވީ އެޕާޓީ ވުޖޫދަށް ގެނައީ އޭރު ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށްކަމަށެވެ.

އެމްއާރްއެމް އިލެކްޝަންގައި ރަޖިސްޓްރި ކޮށްފައިވަނީ 22 މާޗް 2011ގައެވެ. އެއި ރާއްޖޭގެ 14 ވަނަ ސިޔާސީ ޕާޓީގެ ގޮތުގައެވެ. އެމްއާރްއެމް އުފެއްދި ފަހުން ސިޔަސީ މާގިނަ ހަރަކާތެއް އެޕާޓީން ހިންގާފައިނުވެއެވެ.

އަދި ނިމިގެން ދިޔަ ރިއާސީ އިންތިހާބްގައި ޑރ. މުނައްވަރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުއަށް ތާއިދުކުރައްވައި އެމަނިކުފާނުގެ ކެމްޕެއިންގައި އިސްކޮސް ހަރަކާތްތެރިވެފައެވެ.