Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

ނަފުރަތުގެ އަމަލުގެ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 3 މެމްބަރުންނެެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާކަމަށް 2 މެމްބަރުން ވޯޓު ދެއްވިއެވެ.

އެހެންކަމުން އެ ބިލު ވަނީ އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ހުށަހަޅާފައިވަނި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު، އެންމެ ފަހުވަގުތު ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވަނި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އެގޮތަށް ފާސްކޮށްގެންނެވެ.

އަލީ އާޒިމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައިވަނީ، ގިނަ ބައެއްގެ ކަންބޮޑުވުން ބިލާ ގުޅޭގޮތުން ހުރުމުން އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅާކަމަށެވެ.

މި ބިލު ކޮމިޓީއަށް އަނބުރާ ފޮނުވުމަށް ނިންމާފައިވާއިރު، މަޖިލީހުގައި ވާހަކަ ދެއްކި އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔައިރު ހިސާންގެ ދިފާއުގައި ސަރުކާރުން ވާހަކަ ދައްކާފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.