Last Updated: June 27, 10:56
Saturday, June 27, 2026
ޚަބަރު

ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް ފާސްކުރުމަށް މިރޭ ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިރޭ 08:00 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަވާނެކަމަށެވެ.

އެ ޖަލްސާ ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް ފާސްކުރުމަށެވެ.

އެ ރިޕޯޓް ރޭ ދަންވަރު 241 ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ރިޕޯޓް ފާސްކޮށްފައިވަނީ 241 ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުުންނެވެ.