ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި ސިއްރު ކޮށްފައިހުރި މައުލޫމާތުތައް ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީ ރިޕޯޓް މަޖިލީހުން އާންމުކޮށްފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
އެ ރިޕޯޓް މަޖިލީހުން އާންމުކޮށްފައިވަނީ އޭގައި ހިމެނޭ ގައުމީ ސަލަމާތާއި ގުޅުންހުރި މައުލޫމާތުތައް ސިއްރު ކުރުމަށްފަހުއެވެ. އެގޮތުން ސިއްރު ކޮށްފައިވާ ބައިތަކުގައި ކަޅުކުލަ ޖައްސާފައިވެއެވެ. އެހެންނަމަވެސް ސިއްރު ކޮށްފައިވާ އެ ހުރިހާ މައުލޫމާތުތައް ވަނީ ހާމަވެފައެވެ.
މި ސިއްރު މައުލޫމާތުތައް ހާމަވެފައިވާގޮތާއި، ސިއްރު މައުލޫމާތުތަކުގެ ތަފްސީލުތައް ޤައުމީ ސަލަމާތާއި ރައްކަތެރިކަމަށްޓަކައި "އައްޑޫލައިވް"އިން ހާމައެއް ނުކުރާނެއެވެ.