Last Updated: June 30, 09:26
Tuesday, June 30, 2026
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއު ދެވަނަ ފަހަރަށް ހުއްޓާލައިފި!

ގަމުގެ އެއާޕޯޓް މަޝްރޫއު މިދިޔަ މަހު ހުއްޓާލާފައި އޮތުމަށް ފަހު ފައިސާގެ ކަންކަން ހަމަޖައްސާނެކަމަށް ސަރުކާރުން އެއްބަސްވެ މިމަހުގެ 5 ވަަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެއާޕޯޓް މަޝްރޫއު ދެވަނަ ފަހަރަށް ހުއްޓާލައިފިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މިފަހަރުވެސް މަސައްކަތް ހުއްޓާލާފައިވަނީ ފައިސާގެ ތާށިކަން ދިމާވެގެން، މަސައްކަތަށް ބޭނުން ކުރާ އުޅަނދުތަަކަށް ބޭނުންވާ ތެޔޮ ލިބެން ނެތުމުންނެވެ.

މި މަސައްކަތް ގަލްފް ކޮބާލާ އާއި ހަވާލު ކޮށްފައިވަނި މަސައްކަތް ފަށާތާ ފަސް މަސް ދުވަހުގެ ތެރޭ ނިންމާ ގޮތަށް 11.7 މިލިއަން ޑޮލަރަށެވެ. މަސައްކަތް ފެށިފަހުން މިހާތަނަށް މިކުންފުންޏަށް ފައިސާ ދީފައިވަނި އެންމެ ފަހަރަކުއެވެ.

ސަރުކާރުން ދިން ޔަޤީންކަމަކަށް ގަލްފު ކޮބްލާއިން މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

އައްޑޫގެ މުސްތަގްބަލް ގުޅިފައިވާ ގަން އެއާޕޯޓް މަޝްރޫއުގެ ކަންކަން ކުރިއަށްދަނީ ވަރަށް ދޯދިޔާ ގޮތަކަށް ކަން ފާހަނގަކޮށްލެވެއެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ފަރާތުން މިކަމުގައި އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާކަން ފާހަނގަ ކޮށްލެވެއެވެ.