Last Updated: June 27, 09:20
Saturday, June 27, 2026
ޚަބަރު

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި ބަޔަކު ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް

މުލިއާގެ ކައިރިޔަށް ދިޔަ ދެމީހަކު، މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މުލިއާގެ ކައިރިއަށް ދިޔަ ދެމީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އަދި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސިފައިންނާއި ފުލުހުން މިހާރު އަންނަނީ މުލިއާގެ ހިމެނޭ ސަަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.