މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރު ދިނުމުން އިއްޔަ ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
މުލިއާގެ ކައިރިއަށް ދިޔަ ދެމީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާ ގުޅިގެން ދެމީހަކު އިއްޔަ ހައްޔަރު ކުރިއިރު ފުލުހުން ބުނެފައިވަނީ، އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާކަމަށެވެ.
މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ފޮށިގަނޑުގައި ބޮމެއްއޮތްކަމަށް ބުނި މީހާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއްނުވެއެވެ.