ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުވާން އަންގާފައިވާކަން އެމަނިކުފާނުގެ ވަކީލުން ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އާސިފް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ މެންދުރު 02:00 ގައި ކަމަށެވެ.
އަދި ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަންގެ މެދުގައި ޖެހިފައިވާ މައްސަލައިގައި މެމްބަރުން ހިތްހަމަ ޖައްސާލުމުގެ ގޮތުން ކަމަށް އާސިފް ވިދާޅުވިއެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ތުހުމަތުތައް ކޮށް އިތުރު ދައުވާތަކެއްވެސް އުފުލާފައިވެއެވެ.