ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓިސީސީން ބުނެފައިވަނީ، ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 7 ޖުލައި ގައި ފަށައިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫޢަކީ 2.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.