ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަން ތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް މިއަދު ހެނދުނު 09:52 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާ ގެ ފަތުރުވެރިއެއްގެ އަތުން ކަމަށާއި، އެމީހާއަކީ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.