Last Updated: April 18, 22:36
Thursday, April 18, 2024
ޓެކްނޮލޮޖީ

ރިޗަޑް ބްރެންސަން ފުރަތަމަ ފަހަރަށް ޖައްވަށް

ވާޖިން ގެލެކްޓިކްގެ "ޔުނިޓީ 22" ގައި ރިޗާޑް ބްރޭންސަން އާއި ވާޖިން ގެލެކްޓިކްގެ އިތުރު ތިން މުއައްޒަފުންނާއި އެއްކޮށް ޖައްވަށް މިރޭ ފުރާނެއެވެ.

ރިޗަޑު ބްރޭންސަންގެ ދަތުރު ފެށުމަށް ހަފްލާ ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 7:30 ގައެވެ.

ބްރޭންސަންގެ މި ދަތުރަކީ ކޮމާޝިއަލް ސްޕޭސް ބިޒްނަސްއަށް ވާޖިން ގެލެޓިކްގެ އެންމެ ފަހު ޓެސްޓް ފްލައިޓް ކަންވެސް އެކުންފުނިން ފާހަގަ ކުރެއެވެ.

މިހާރުވެސް ޖައްވަށް ދިއުމުގެ ގޮތުން ވާޖިން ގެލެކްޓިކްއިން 600 އަށް ވުރެ ގިނަ ޓިކެޓް ވިއްކައިފައި ވާކަން އެކުންފުނިން ފާހަގަ ކުރެއެވެ. އެ ކޮންމެ ޓިކެޓެއްގެ އަގު 250000 އެމެރިކާ ޑޮލަރު އަރައެވެ.

ރިޗަޑް ބްރެންސަންގެ ޖައްވަށްދާ ހަފްލާ ވާޖިން ގެލެކްޓިކްގެ ފޭސްބުކް، ޓްވިޓާ، އަދި ޔޫޓިއުބް އިން ވެސް ލައިވް ކުރާނެއެވެ. މި ހަފްލާގެ ހޮސްޓް އެއްގެ ގޮތުގައި ހުންނާނީ ސްޓީފަން ކޮލްބާޓް އެވެ. އަދި ބްރެންސަން ވަނީ މި ދަތުރަށް ފަހު ވަރަށް ހާއްސަ އެނަނުންސްމެންޓް އެއްވެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ހަފްލާގައި ލަވަ ކިޔުންތެރިޔާ ޚާލިދުގެ އާ ސިންގަލް "ނިއު ނޯމަލް" ވެސް އަފްތިތާހު ކުރާނެއެވެ.