އެއަރޕޯޓްގައި މުޒާހަރާ ކުރި މައްސަލައިގައި 2016 ގައި، ޙުކުމް ކޮށްފައިވާތީ، އޭރުގެ ދައުލަތުގެ މަސްއޫލުވެރިން މާފަށް އެދެން ޖެހޭނެކަމަށްބުނެ އޮމްބަޑްސްޕާސަން އޮފީހަށް އިތުރު މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅާފައިވަނީ އެމްޑީޕީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، ގ.އާކާޝްވިލާ އާމިނަތް ޒާހިރާ (ނަލަ ޒާހިރާ)އެވެ. މި މައްސަލަ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހަޅާފައިވަނީ މިއަދުއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލާގައި، އެދިފައި ވަނީ އެ މައްސަލާގައި ދައުވާ ކުރިކަމަށް ޓަކައި، މައާފަށް އެދުމަށް އޭރުގެ ޕީޖީ މުހުތާޒު މުހުސިނަށް އެންގުމަށެވެ. އަދި އެ މައްސަލައިގެ ހުކުމް ޑްރާފްޓް ކޮށްފައިވަނީ ރައީސް އޮފީހުގެ އޭރުގެ ލީގަލް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރު ކަމަށާއި، އެހެންކަމުން އެކަމުގައި އާޒިމާވެސް މާފަށް އެދުމަސް އެންގުމަށެވެ. އަދި އެ މައްސަލައިގައި ހުކުމް އިއްވި އޭރުގެ ގާޒީއާއި ޕީޖީގެ ފަރާތުން ވަކާލާތު ކުރިކަމަށް ޓަކައި، މައާފަށް އެދުމަށް އޭރުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޙައިލަމް އަށް އެންގުމަށް އެދިފައިވެއެވެ.
އެއާޕޯޓްގައި މުޒާހަރާކުރުމުން ހުކުމް ކުރި މައްސަލައިގައި މީގެ ކުރިންވެސް އޮމްބަޑްސްޕާސަން އޮފީހަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުޙައްމަދު، ޝަފިއްޔާ ޒުބައިރު، މަރްޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުޙައްމަދު އިބްރާހިމް މަނިކެވެ. އެމީހުން އެދިފައިވަނީ އެކަމުގައި އޭރުގެ ޕީޖީ މުހުތާޒް މުހުސިން މާފަށް އެދުމަށެވެ.