Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި މުލިއާގެ ކައިރިން އޭނާ ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އަދި އޭނާއަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމަށް ކޯޓުން ވަނި އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.

މުލިއާގެ ކައިރިއަށް ދިޔަ ދެމީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާ ގުޅިގެން ދެމީހަކު ފުލުހުންގެ ހައްޔަރަށް ގެނައިރު އޭގެން އެކަކު ފުލުހުން ވަނީ ދޫކޮށްލާފައެވެ.

ބަންދު ޖަހާފައިވާ މީހާއަކީ ފޮށިގަނޑުގައި ބޮމެއްއޮތްކަމަށް ބުނި މީހާއެވެ. މިމީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.