މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ ގެންގުޅުނު ފޮށިގަނޑުގައި އެފަދަ އެއްޗެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުލިއާގެ ގޮއްވާލާނެކަމަށާއި، ބޮމެއް އޮތް ކަމަށްބުނި ފޮށިގަނޑު އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓުން ބަލާ ފާސްކޮށްފައިވާކަމަށެވެ.
އަދި އެ ފޮށިގަނޑުގައި އެފަދަ އެއްޗެއް ނެތްކަން ކަށަވަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ބޮމެއް އޮތްކަމަށްބުނި މީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފައެވެ.